ads
ހަރަދު ކުޑަކުރަން ރާއްޖެއިން ބޭރުގެ ދަތުރުތައް ހުއްޓާލައިފިން: ޒަމީރު
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންް ހަރަދު ކުޑަކުރުމަށް، ރާއްޖެ އިން ބޭރަށް ސަރުކާރުގެ ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ސަރުކާރުން ބޭރަށް ކުރާ ދަތުރައް ހުއްޓާކާފައިވާކަމަށެވެ. މިނިސްޓްރީތަކުން އެދުނަސް އެ ބައްދަލުވުމަކާ ގުޅޭ ފަރާތަކުން ހަރަދުކުރާ ދަތުރުތައް ނުވަތަ "ފަންޑެޑް ދަތުރުތައް" ފިޔަވައި އެހެން ހުރިހާ ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ކުރެވެން ހުރިކަންކަން އެގޮތުން ކުރަމުން ގެނދިޔަ އަންގާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. 

އެގޮތުން ހުދު އެކަމަނިކުފާނުވެސް ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރައްވަން ތާވަލް ކުރެއްވި ދަތުރެއް ކެންސަލް ކުރައްވާ އެ ހަފުލާގައި އޮންލައިންކޮށް ސޮއިކުރައްވަން ނިންމާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ. ބޭރު ދަތުރުައް ހުއްޓާލިނަމަވެސް  ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރާއްޖެ އިން ބޭރަށް ކުރައްވަން ބޭނުންވާ ދަތުރުތައް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަނީ ކުރިން އިއުލާންކޮށްގެން ނޫންކަމަށެވެ. އެހެންނަމަވެސް އެކަން ކަން ކުރަމުން އަންކަން ޒަމީރު ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;