ads
ލާމަރުކަޒީ ކޮމެޓީގައި އާދަމް ޝަރީފު ވާހަކަ ދައްކަވަނީ
އުނގޫފާރު ކައުންސިލްގެ ނިންމުން ބަދަލުކުރަން އާދަމް ޝަރީފު އަންގަވައިފި
ރ. އުނގުލަށް އެރޭނީ ހަމައެކަނީ އުނގޫފާރު މީހުންނަށް އެކަނިކަމަށް އުނގޫފާރު ކައުންސިލުން ކަނޑައަޅި އެޅުން ބަދަލުކުރަން ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަންގަވައިފިއެވެ.
Advertisement

ރައީސް ހާއްސަ ޤަރާރަކުން، ރ. އުނގުލަކީ ރ. އުނގޫފާރު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެއާއި އެކު އުނގުފާރު ކައުންސިލުން އިއްޔެ ނިންމާފައިވަނީ އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށް އެކަނިކަމަށެވެ. އެ ނިންމުމާއި އެކު އެ އަތޮޅުގެ ގިނަ ބަޔަކު ދަނީ އެކަމާ ކަންްބޮޑުވުން ފާޅުކުރަމުންނެވެ. 

އެ ނިންްމުމާއި ގުޅިގެން މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އުނގުލަށް އެހެން ރަށްރަށުގެ މީހުންނަށް ނޭރޭ ގޮތަށް ނުހެދޭނެ ކަމަށެވެ. އެހެންނަމަވެސް އެ ރަށަށް އަރާ ފައިބާނެ އުސޫލެއް ކަނޑައެޅުން މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އުނގޫފާރު ކައުންސިލްގެ ނިންމުން ބަދަލުކުރަން ކައުންސިލްގެ ރައީސް ގުޅާ މިހާރު އަންގާފައިވާނެކަމަށެވެ. 

އުނގޫފާރު ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަމަށް އުނގޫފާރު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް އުނގޫފާރު ކައުންސިލުން ބުނެއެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;