ads
ހައިކޯޓު
ހައިކޯޓާއި ފެމެލީ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހުސްވެފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށާއި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
Advertisement

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލާފައިވާއިރު ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލާފައިވަނީ އެ ކޯޓުގެ ގާޒީންނަށެވެ. ހައި ކޯޓުގައި މި ވަގުތު 11 ފަނޑިޔާރުން އެބަ ތިއްބެވި އެވެ. ފެމެލީ ކޯޓުގައި މި ވަގުތު ހަތް ފަނޑިޔާރުން އެބަ ތިއްބެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމާ އެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;