ads
ފިލްމު "ކޭޑީ: ދަ ޑެވިލް"ގެ ޓީޒާގެ ބައެއް މަންޒަރުތައް
ނޯރާގެ ލަވަ އިސްލާމީ އުސޫލުތަކާ ހިލާފު: ފަތުވާ
ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ އާ ލަވަ "ސަރްކޭ ޗުނަރު ތޭރީ ސަރްކޭ"ގެ މައްސަލަ ބޮޑުވެ އެ ލަވަ އާއި ދެކޮޅަށް ފަތުވާ އެއް ނެރެފި އެވެ.
Advertisement

ފިލްމު "ކޭޑީ"ގައި ނޯރާ ފަތޭހީ އާއި ސަންޖޭ ދަތު ފެންނަ "ސަރަކޭ ޗުނަރު ތޭރީ ސަރަކޭ" ލަވައިގެ މައްސަލަ މިހާބޮޑަށް ހޫނުވެފައި ވަނީ އެ ލަވައިގައި އަހުލާގީ މިންގަނޑުތަކާ ހިލާފު ނުވަތަ މުޖުތަމައުގެ އަދަބުވެރިކަމަށް އުނިކަން އަންނަ ފަދަ ކޮންޓެންޓަށް ހިތްވަރުދޭ ފަދަ މަންޒަރުތައް ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.

އިންޑިއާ ސަރުކާރުން އެ ލަވަ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ނެގުމަށް އަންގާފައިވާއިރު، އިންޑިއާގެ އަލީގަޅު "މުސްލިމް ޕާސަނަލް ދާރުލް އިފްތާ" އިން ނެރުނު ފަތުވާގައި ބުނީ ކަންނާޑާ ފިލްމު "ކޭޑީ: ދަ ޑެވިލް"ގައި ހިމެނޭ އެ ލަވަޔަކީ އިސްލާމީ އުސޫލުތަކާ ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ފަދަ ލަވައެއް ނޫން ކަމަށެވެ. 

"އެ ލަވައިގެ މަންޒަރުތަކަކީ ބަދުއަހުލާގީ މަންޒަރުތަކެއް، މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބޮޑުވެގެންވާ ފާފައެއް" އެ އިދާރާގެ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ލަވަޔާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އޭގެ ލިރިކްސްގައި ބަދުއަހުލާގީ ވާހަކަތަކެއް ހުރުމުންނެވެ. ގިނަ ބަޔަކު ބުނި ގޮތުގައި، އެ ލަވައިގެ ހިންދީ ވާޝަންގައި ހުރީ ޖިންސީ އަމަލުތަކަށް އިޝާރާތްކުރާ ފަދަ ހަޑިހުތުރު މާނަތަކެކެވެ.

މީގެ އިތުރުން، އެ ލަވައިގެ ނެށުންތަކަކީ ވެސް އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ފަދަ ނެށުންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ލަވަޔާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.

މި މައްސަލަ އިތުރަށް ސީރިއަސްވީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޯކް ސަބާގައި ވެސް މި ލަވައާ ގުޅިގެން މެމްބަރުން ކަންބޮޑުވުން ފާޅުކުރުމުންނެވެ. އެހެންވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ލަވަ މިހާރު ވަނީ ޑިލިޓްކޮށްފަ އެވެ. 

މި މައްސަލައިގައި ނޯރާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އޭނާ އެ ލަވަ ކުޅުނީ މީގެ ތިން އަހަރު ކުރިން ކަމަށެވެ. އަދި އޭރު އޭނާ އެއްބަސްވީ އެއީ ބޮޑު ފިލްމަކަށް ވެފައި، ސަންޖޭ ދަތު ކަހަލަ މަޝްހޫރު އެކްޓަރަކާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ. 

މީގެއިތުރުން އެ ލަވައިގެ ވަރަށް ގިނަ މަންޒަރުތަކުގައި ދައްކާފައިވާ ނޯރާ އާއި ސަންޖޭގެ ފޮޓޯތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށާއި ނޯރާ އަކީ އޭއައި ބޭނުންކުރުމާ ދެކޮޅު މީހެއްކަން އޭނާ ދަންނަ ވަރަށް ގިނަބަޔަކަށް އެނގޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނޯރާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯގައި ކަން ހިނގިގޮތް ރަނގަޅަށް ކިޔައިދީފައިވާތީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;