ads
މިނިސްޓަރު އާދަމް ޝަރީފް އުމަރު
އަތޮޅު ކައުންސިލުގެ ބަދަލުގައި ކޮންމެ އަތޮޅެެއްގައި އެލްްޖީއޭގަ އޮފީހެއް
ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ކޮންމެ އަތޮޅެއްގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތަކެއްކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
Advertisement

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި ބަދަލުތައްް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ  އަހަރުގެ ޑިސެމްބަރު މަހުގެ އެކެއްގައެވެ. މި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް މަޖިލިހުން އެގޮތަށް ފާސްކޮށްފައިވަނީ އެ ނިންމުމަކީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނިކުރުންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރަމުންް ދަނިކޮށެވެ. 

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އާ ކައުންސިލް ހުވާކުރާ ހިސާބުން ފެށިގެން އަތޮޅު ކައުންސިލް އިދާރާތައް އުވިގެން ދިޔަ ނަމަވެސް އެތަންތަނުގައި އެލްޖީއޭގެ އޮފީހެއް ގާއިމުކުރާނެ ކަމަށެވެ.

އެ އޮފީސްތައް ގާއިމުކުރުމުން  އަތޮޅު ކައުންސިލްތަކުން މިހާރުވެސް އާންމުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ދޭނެކަަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އެގޮތުން އައިޑީކާޑު ހެދުން ފަދަ އެކިއެކި ހިދުމަތްތައްވެސް، މެދުނުކެނޑި ބަރާބަރަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރަށް އަތޮޅު އޮފީސްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ވަޒީފާގެ އެއްވެސް ގޮންޖެހުމެއްނެތި މަސައްކަތްކުރެވޭނެ ގޮތް އަލަށް ހަދާ އެލްޖީއޭގެ އޮފީސްްތަކުގައި ގާއިމުކުރާނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

" މި ބަދަލާ އެކީގަ މިހާރު މާލޭގަ މިހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ވެސް އެލްޖީއޭގެ ފަރާތުން އަތޮޅަށް ނިސްބަތްވާގޮތަށް ހަދާ އޮފީހުގެ އިދާރީ ބަޔަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނަން. އެހެންވީމަ އަތޮޅަށް އެއްވެސް އުނިކަމެއް ނާންނާނެ،" އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވިގެން ދާއިރު ބްލޮކް ގްރާންޓުގެ ގޮތުގައި އިތުރުވާ ފައިސާ ސަރުކާރުން ނިންމާފައިވަނީ އެހެން ކައުންސިލްތަކަށް، ހާއްސަކޮށް ޑަބްލިއުޑީސީއަށް ލިބޭނެ ގޮތަކަށް ފައިސާ ބެހޭނެ އިންތިޒާމެއް ހަމަޖައްސަންކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;