ads
ބާ ކައުންސިލުން ބާއްވާ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުން
ދެ އިންތިހާބު އެއްކޮށްލާ ވޯޓާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާ ކައުންސިލުން ބާއްވަނީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ އާންމު ވޯޓާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާއްވަން ބާ ކައުންސިލުން ނިންމައިފިއެވެ.
Advertisement

އެ ކައުންސިލުންް ބުނީ ޕެނަލް ޑިސްކަޝަން އޮންނާނީ އަންްނަ ހޮނިހިރު ދުވަހު ހަވީރު 4 އަކުން ހަޔަކަށް ކަމަށެވެ. 

މި ޕެނަލް ޑިސްކަޝަންގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކުރާއި ދިޔާނާ ސައީދު ވެސް ބައިވެރިވަޑައިގަންނަވައެވެ. އެ ތިން ބޭފުޅުންނަކީ ވެސް ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ. 

ޕެނަލް ޑިސްކަޝަންގެ ޕެނަލްގައި ދެން ހިމެނޭ ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވވީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އާއި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ގާނޫނީ ވަކީލް ޝާހީން ހަމީދުގެ އިތުރުން ގާނޫނީ ގިނަ ދިރާސާތަކެއް ކުރައްވާ ޑރ. ޝަމްސުލް ފަލާހެވެ. ޑރ. ފަލާހަކީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން އަންނަ ބޭފުޅެކެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ އާންމު ވޯޓު ނެގުން އޮންްނާނީ އަންނަމަހުގެ 4 ވަނަ ދުވަހެވެ. 

ރާއްޖޭގައި ހިންްގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ އިންތިހާބު އެއްކޮލުމަށް ދެކޮޅު ހަދާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެހެން ހުރިހާ ޕާޓީއަކުން ވަނީ ދެ އިންތިހާބު އެއްކޮށްލަން ފެންނަކަމަށް ތާއީދުކުރާކަން ހާމަކޮށްްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;