އުނގުފާރު ކައުންސިލުން ވަނީ އުނގުލާމެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ގޮތެއް އެ ކައުންސިލުން ނިންމަންދެން ނިމެންދެން އަމަލުކުރާނެ އުސޫލެއް މިއަދު އާއްމުކޮށްފައެވެ.
އެ އުސޫލުގައިވާގޮތުން އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތް ތަކަށް އެކަނިކަމަށާއި ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ.
އުނގުލަށް އަރާ ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށް އެކަނިކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އެ ގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 ން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް، އުނގުލަށް އެރުމުގެ ފުރުސަތަށް އެދި ފޯމް ފުރާ އުނގޫފާރުގެ ފަރާތްތަކަށް ފުރުސަތު ދެވޭނެކަމަށްވެސް އުނގޫފާރު ކައުންސިލުން ބުނެއެވެ.
މީގެއިތުރުންް ރަށުން ހޮވާ ކޮންމެ 04 ކާށިން 01 ކާށި ކައުންސިލަށް ލިބެންވާނެކަމަށާއި އަދި ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމުގައިވެސް އުނގޫފާރު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު އުނގުލުގައި ރުއް ގަހަށް އެރުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއް އެޅުމަކީ މަނާ ކަމެއްގަމުގައިވެސް ކައުންސިލުންް ވަނީ ކަނޑައަޅާފައެވެ.
ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށްވަނީ ހަމަޖެހިފައިވާކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ. އެގޮތުން އުނގުލުން ގަންނަ ނަމަ 5ރ އަށް އުނގޫފާރުން ނަމަ 7ރ އަށް ކާއްޓެއް ގަންނަން ލިބޭނެކަމަށްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ކަށިކެޔޮ ގަނޑެއް -/100ރ ކަމަށާއި ކެޔޮ ކަނޑަންވާނީ ދޮންވެފަ ހުންނަ ކަށި ކޭލްކަމަށްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ކާއްޓާއި ކަށިކޮޔެ ފިޔަވާ ކުއްޅަވައް، ފަން، މިދިލިއޮށް ހޮވާ ފަރާތަށް ލިބޭނެ ކަމަށް ކައުންސިލުން ބުނެެެވެ.
އެެހެންކަމުން އުނގޫފާރު ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަން ކައުންސިލުންް ބުނެއެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް އުނގޫފާރު ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;