ads
ބޮޑުތަކުރުފާނުމަގުގެ ހެންވޭރުކޮޅަށްް އޮންނަ ބައި ހެދުމުގެ މަސައްްކަތް ކުރަނީ
ބޭރުމަގުގެ ހެންވޭރުކޮޅަށް ވީ ބައި ހަދަންް ފަށަައިފި
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް މިހާރު ފަށާ އެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. 

މި މަސައްކަތް ނިންމައި ހުޅުވެންދެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުވާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިންމެންްދެންް ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ވެސް ބަންދު ވާނެކަމަށް އެމްޓީސީސީން ބުނެެއެވެ.  

your imageބޮޑުތަކުރުފާނުމަގުގެ ހެންވޭރުކޮޅަށްް އޮންނަ ބައި ހެދުމުގެ މަސައްްކަތް ކުރަނީ

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;