މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ.
މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަަމަށް މެޓް އޮފީހުން ބުނެ އެވެ. ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ ވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އެންމެ ހުނޫ ގަދަވާނީ މެންދުރުފަހު 2 ޖަހާއިރުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.
ރާއްްޖޭގެ ހުރިހާ ހުސާބަކަށވެސް ހޫނުމިން ގަދަވާނެތީ އެޗްްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެންމެ ހޫނުގަދަވާ ގަޑިތައްކަމުގައިވާ ހެނދުނު 10:00 އިން 04:00 އިން އަތްވަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ކުލަ އަލި ގަޔަށް ފަސޭހަ ދޫ ހެދުމެއް ލައިގެން އުޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އިރުވައި މޫސުން ނިމި، މި އަންނަ މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;