ads
ޑްރަގާއެކު ހައްޔަރު ކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި
ޑްރަގާއެކު ހައްޔަރު ކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި
މަސްތުވާތަކެއްޗާއެކު، މިދިޔަ ޑިސެމްބަރު މަހު ހައްޔަރު ކުރި، ދިވެހި ތިން ފިރިހެނުންނާއި ނޭޕާލް މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
Advertisement

ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ޑިސެމްބަރު މަހު ފަހުކޮޅު ހައްޔަރު ކުރި ހަތަރު މީހުންނަކީ، ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ދޫޑިގަން.ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.

މި އެންމެންގެ މައްޗަށް ދައުވާކޮށްފައިވާކަން، މި މައްސަލައިގައި ހިމެނޭ ބިދޭސީ އަންހެން މީހާގެ އެންމެ ފަހު މުއްދަތު އަމުރުން އެނގެއެވެ. އެކަމަކު ކޮށްފައިވަނީ ކޮން ދައުވާއެއް ކަމެއް ސާފެއް ނުވެއެވެ.

އެކަމަކު ބެލެވޭ ގޮތުގައި މި މީހުންގެ މައްޗަށް އުފުލާނީ ޓްރެފިކިންގ ދައުވާއެކެވެ. އެ މައްސަލަ ސާބިތުވެއްޖެނަމަ މިއިން ކޮންމެ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;