ads
ހަނގުރާމައިގެ ދަތިތައް ހައްލުކުރަން އެކުލަވާލި ކެބިނެޓް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަ ދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް
އިތުރު ދެ ވިސާއެކާއެކު ސްޕެއާ ފިޝިންއަށް ހުއްދަ ދެނީ
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިންނަށް އަމާޒުކޮށްގެން ދެ ވިސާއެއް ތައާރަފްކޮށް ސްޕޯޓްސް ފިޝިންގެ ސްޕެއާ ފިޝިން އަށް އަލުން ހުއްދަ ދިނުމަށް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިހާރު އޮން އެރައިވަލް ވިސާގެ ގޮތުގައި ދޭ 30 ދުވަސް އިތުރު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހެދުމުގެ އިތުރުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ވިސާއެއް ދޭން ވަނީ ނިންމާފަ އެވެ. 

ތޯރިގް ވިދާޅުވީ، ސްޕޯޓްސް ފިޝިން އަދި ބިގް ގޭމް ފިޝިން ރެގިއުލޭޓްކޮށްގެން، ފޯކަސް ކުރެވިގެން ސީދާ އެކަމަށް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް މާ ލަސްތަކެއް ނުވެ ކުރިއަށްގެންދާނެ ކަމަށެވެ.

"ބިގް ގޭމް ފިޝިން އާއި ސްޕޯޓްސް ފިޝިން އަކީ ދުނިޔޭގެ ގާތްގަނޑަކަށް 7.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ސެގްމެންޓެއް، އަދި ވަރަށް އަވަހަށް ޓެކްނިކަލް އެންޑް ރެކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލާނެ، ރެކްރިއޭޝަނަލް ޑައިވިން އަށް ހުޅުވާލެވުނީމަ 40 މީޓަރަށް ނޫނީ އެއަށްވުރެ ދަށަށް ޑައިވް ކުރެވޭ ގޮތަށް ވެގެން ދާނެ، އެއީ ވެސް 5.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ކަމެއް،". އެކަމުގެ ޓެކްނިކަލް ނިންމުންތައް ނިންމުގެ ކަންކަން ކުރިއަށްގެންދާކަން ފާހަގަކުރަމުން ތޯރިގް ވިދާޅުވި އެވެ.

އަދި ސުޕަ ޔޮޓާއި، ޗާޓާ ޓޫރިޒަމް މާބޮޑަށް އިންތިޒާމްވެގެން ނުކުރެވޭއިރު، މިކަންތައް ސްޓްރީމްލައިންކޮށްގެން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރެވެގެންދާނެ ކަަމަށްވެސް ވިދާޅުވި އެވެ. ތޯރިގް އިތުރަށް ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި، އެޑިއުކޭޝަން އެންޑް ރީސާޗް ޓޫރިޒަމްއަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.

ތޯރިގް އިތުރަށް ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށްވެފައިވާ ކަަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

އެހެންކަމުން މިހާލަތުން އަރައިގަތުމަށް ފަތުރުވެރިން ގެނެވޭނެ އިތުރު ރޫޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ތޯރިގު ވިދާޅުވި އެވެ. އަދި އެއާލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;