ads
ހަނގުރާމައިގެ ދަތިތައް ހައްލުކުރަން އެކުލަވާލި ކެބިނެޓް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް
ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: ޒަމީރު
ދުނިޔޭގައި ތެލުގެ އަގު މައްޗަށް ދާއިރު، ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ސަޕްލައިއަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި މި ދަތިތަކުން އަރައިގަންނަން އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީން ނޫސްވެރިންގެ ބައްދަލުމެއް ފަށައިގެން ކުރިއަށް އެބަދެ އެވެ.

ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯއިން އޯޑަރުކުރި ތެލުގެ ދެ ޝިޕްމަންޓެއް އަންނަ ހަފުތާ ގެނެވޭނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ، އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކް ރާއްޖޭގައި އެބަ ހުރި ކަމަށެވެ. އަދި ދާދި ފަހުން އެސްޓީއޯގެ ދެ އުޅަނދެއް ކަމަށްވާ އަލިމަސް އާއި ނިއޯން ވަދެ، އޭގެން ތެޔޮ ބޭރުކޮށް ނިމިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަދި އޭޕްރިލް ދޭއް ތިނެއް ހިސާބުގައި އަަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް، އޭގައިވެސް ޑީސަލް އާއި ޕެޓެރޯލް ހުންނާނެ، އަދި އޭޕްރިލް ހަތަރެއް ނޫނީ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ، އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްގެން އަންނަ ވެސަލް އެބަ އާދޭ، އެހެންވީމަ ދުވަހުން، ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްްޔާ އެބަހުރި،". ޒަމީރު ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ 5 މާޗު ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.

އެއީ ޕެޓްރޯލް ލީޓަރަކުން 18 ޕަސެންޓު ބޮޑުވުމެކެވެ. އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 26 ޕަސެންޓު ބޮޑުވުމެކެވެ.

އެސްޓީއޯގެ ޝެޑުތަކުން މި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކި ނަމަވެސް އެ ކުންފުނީގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން ވިއްކާ އަގަށްވުރެ ތެލުގެ ވަނީ 60 ޕަސެންޓުން ބޮޑުކޮށްފަ އެވެ.

އެންމެ ފަހުން ރާއްޖެ އައި ޝިޕްމަންޓްގައި ގެނައީ 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލްއާއި ޕެޓްރޯލް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. ޝެޑިއުލާ އެއްގޮތަށް ތެލުގެ ޝިޕްމަންޓްތައް އަންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;