ads
މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސް ސަރަގު އާދަމް މަނިކް
ސަރަނގު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި, އެ ޕާޓީގައި މިވަގުތު އިސްކޮށް ތިބީ ދަލު ބޭރުން ޖެހިފައިތިބި ބައެއް ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަން، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު (ސަރަނގު) ނިންމަވައިފި އެވެ.
Advertisement

އޭނާ އެކަން އިއުލާން ކުރެއްވީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޖަލީލާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.  

އާދަމް މަނިކު ވިދާޅުވީ، ކައުންސިލު އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން އަބަދުވެސް ސިޓީތަކުގެ މޭޔަރުންނަށް އިންތިޚާބުވަނީ އެއިރެއްގައި އޮންނަ ސަރުކާރާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ކަމަށެވެ. ވުމާއެކު، މާލެ ތަރައްގީކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ސަރުކާރާއި އިދިކޮޅު އޮންނަނީ އަބަދު ކޯޅުމުގެ ތެރޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އެއީ އަސްކަރީ ދާއިރާގައި އުޅުއްވާފައިވާ ބޭފުޅަކަށް ވުމުން ޑިސިޕްލިން ހުންނާނެ ކަމަށެވެ. ދަތުރު ކުރައްވާނެ އަމާޒެއް ދެއްކެވުމުން ގޯޅި ނާޅުއްވައި މޫސާ އަލީ ޖަލީލް ދަތުރު ކުރައްވާނެ ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

"ޕާޓީ މެނިފެސްޓޯއެއްތާ ގެންގުޅޭނީ. އެ މެނިފެސްޓޯ ހިފައިގެން ގޯޅިތަކެއް ނާޅާ ރަނގަޅަށް ދިޔައީމާ ރަގަޅުވާނެ،" މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަމުން އާދަމް މަނިކު ވިދާޅުވި އެވެ.

ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްވެސްމެއެވެ.

މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވީ ސަރަނގު އާދަމް މަނިކެވެ. ނަމަވެސް މޭޔަރުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވި އެވެ.

އެމްޑީޕީގެ ހަރަކާތްތަކުން ކުރިން ފެނުނު ސަރަނގު އާދަމް މަނިކު ވަނީ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;