ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ ލިބުނު އިއްްޔެ ހަވީރު 16:50 ހާއިރުކަމަށެވެ. މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށްކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ކާރުގައި ތިބި ހަތަރު މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައްް ލިބިފައެވެ.
މި އެކްްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހި މިހާރު ވަނީ މާލެ ގެނެސްފައެވެ. އުމުރުން 42 އަހަރުގެ މީހާ އޮތީ ވެންޓިލޭޓަރުގައެވެ.
މި ހާދިސާގައި އަނިޔާވި އަނެއް ތިން މީހުންނަށް ފަރުވާދެމުންް އަންްނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;