ads
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫގައި ކާރެއް ފުރޮޅާލައި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް
އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި 4 މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:50 ހާއިރުކަމަށެވެ. މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށްކަމަށް ފުލުހުން ބުނެއެވެ. 

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި 4 މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި  ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށާއި ކާރުގައި ތިބި އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;