ads
ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗު
ވ. ފެލިދޫ ކައިރީ ލޯންޗު ބަންޑުޖާލުން، އެކަކުގެ އަތްބުރިވެ ސީރިއަސް އަނިޔާތަކެއް
ވ. ފެލިދޫ ކައިރީ ލޯންޗެއް ބަންޑުޖާލުމުގެ ހާދިސާގައި އެކަކުގެ އަތްބުރިވެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށްް ފުލުހުން ބުނެފިއެވެ.
Advertisement

ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާގައި އެ ލޯންޗުންް 7 މީހުން ދަތުރުކުރިކަމަށާއި އެ އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ލޯންޗުން ދަތުރުކުރި އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން ހާމައެއްް ނުކުރެއެވެ. 

މި ހާދިސާގައި ލޯންޗުގައި އިން އިންޑިއާ ފިރިހެނެއްގެ އަތްބުރިވެ ސީރިއަސްް އަނިޔާތަކެއް ލިބިފައިވާތީ އިތުރު ފަރުވާއަށް އޭނާ މިއަދު އަމިއްލަ ގައުމަށް ފުރުވާލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އެންމެންނަށްވެސް ފުރަތަމަ ފަރުވާދިނީ ވ. އަތޮޅު ހޮސްޕިޓަލްގައިކަމަށެވެ. އަދި އޭގެތެރޭގައި ހިމެނޭ ރަޝިޔާ އަންހެނަކާއި އިންޑިއާ ފިރިހެނަކު މާލެ ގެނެސް ޓްްރީޓޮޕްގައި ފަރުވާދެމުން އަންްނަކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން އެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި އިންޑިއާ ފިރިހެނަކާއި ޔޫކޭ އަންހެނަކު އެެކްސިޑެންޓްވީ ރޭ ނޫން އަނެއް ދުވަހު ރާއްްޖެއިން ފުރައިގެން އިންޑިއާ ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ދެމީހުން މިހާތަނަށްވެސް ފެނިފައިނުވާކަމަށާއި ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ ދެ ފިރިހެނުންކަމަށްް ފުލުހުން ބުނެއެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނެއެވެ. 

އެ ލޯންޗު ބަންޑުން ޖަހާލިއިރު އެ ދުއްވަން އިނީ އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާކަން ވަނީ އެނގިފައެވެ. ހާދިސާ ހިނގުމުންް ޖެހިގެން އައި ދުވަހު އެނބުރި އިންޑިއާއަށް ފުރައިގެން ދިޔަ ދެމީހުންގެ ތެރެއިން އެކަކީ ގޯތަމްކަންވެސް ވަނީ އެނގިފައެވެ. 

ބަންޑުން ޖަހާލި ލޯންޗަކީ ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އަދި އޭނާއަކީ އާންމުކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަނ އަންނަ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;