ކަންގަނާ ބުނި ގޮތުގައި އަދިތުޔާ ދާރަކީ މިހާރު ފިލްމީ ދާއިރާގައި ތިބި ހުރިހާ ބަތަލުންނަށް ވުރެ ވެސް މާ އަލިގަދަ އަދި މާ މޮޅު ޑައިރެކްޓަރެކެވެ. އޭނާ މިހެން ބުނީ އަދިތުޔާ ޑައިރެކްޓުކުރި އާ ފިލްމު "ދުރަންދަރު 2" އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.
ކަންގަނާ ބުނީ އަދިތުޔާގެ ފިލްމުތަކަށް ލިބޭ ބޮޑު ކާމިޔާބީގެ އަސްލަކީ އޭނާގެ މޮޅު ވިސްނުމާއި ބުރަ މަސައްކަތް ކަމަށެވެ. ހޮލީވުޑްގައި ވެސް ކާމިޔާބު ޑައިރެކްޓަރުންނަކީ ބަތަލުންނަށް ވުރެ ބޮޑެތި ތަރިންކަން ފާހަގަކުރަމުން ކަންގަނާ ބުނީ، އިންޑިއާގައި ޑައިރެކްޓަރުންނަށް އެންމެ އެކަށީގެންވާ ގަދަރާއި އިހުތިރާމު ނުލިބޭ ކަމަށެވެ. ނަމަވެސް އަދިތުޔާއަކީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ހުރި ވަރަށް ބޮޑު ނަމޫނާއެއް ކަމަށް ކަންގަނާ ފާހަގަކުރިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ކަންގަނާ ވަނީ އަދިތުޔާގެ ހުނަރުވެރިކަން ހުރިހާ ބަތަލުންނަށް ވުރެ ވެސް މަތިވެރި ކަމަށް ބުނެ، އޭނާއަށް ވަރަށް ބޮޑަށް ސަޕޯޓުކޮށްފައެވެ. މި ވާހަކަތަކާ އެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ. ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވެސް އަންނަނީ ފިލްމު "ދުރަންދަރު 2" އާއި އަދިތުޔާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;