ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ހެެނދުނު 10:39 އެއް އެހާކަންހާއިރުކަމަށެވެ.
މި އެކްސިޑެންޓް ހިނގީ އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުންކަމަށް ފުލުހުން ބުނެއެވެ، އަދި މި އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަނުގެ އިތުރުން ތިން ފަޅުވެރިން ތިބިކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްްސިޑެންޓްގައި ލޯންޗު ދުއްވަން އިންް ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި އެހެންނަމަވެސް ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;