މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާގެ ފްލައިޓަކުން އައި ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ވަނީ، ފްލައިޓު މަތީގައި ކެބިން ކްރޫއިންނާ ޒުވާބުކޮށް، އެންގުންތަކަށް ނުކިޔުމަންތެރިވެ، އަޑުގަދަކޮށްފަ އެވެ.
އަދި އޭނާގެ ފަރާތުން އެހެން ފަސަންޖަރުންނަށް ވެސް އުނދަގޫވެ، ބިރުވެރިކަން ކުރިމަތިވެފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އޭނަ ދޫކޮށްލީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އޭނަގެ ސިއްހީ ހާލަތާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.
މަތިންދާބޯޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ. ފްލައިޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލެއް ކުރުމަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތައް ކަމަށްވާ ޓޯކިޔޯ ކޮންވެންޝަން ފަދަ މުއާހަދާތަކުގެ ދަށުންވެސް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;