ads
ބާޒާރުގައި ވިއްކަން ހުރި ކަރާތަކެއް - ފޮޓޯ: ޕީއެސްއެމް
ނިމުނު ރޯދަ މަހު ތޮއްޑޫން ދުވާލަކު 12 ޓަނު ކަރާ ބާޒާރަށް ނެރުނު، އާމްދަނީ ރަނގަޅުވާނެ
އއ. ތޮއްޑޫއިން މި ރޯދަ މަހު ދުވާލަކު ގާތްގަނޑަކަށް 12 ޓަނުގެ ކަރާ ބާޒާރަށް ނެރެފައިވާ ކަމަށާއި، މިދިޔަ ރޯދަ މަހާ އަޅާބަލާއިރު މިފަހަރު އާމްދަނީ އިތުރުވާނެ ކަމަށް އެރަށު ކައުންސިލުން ލަފާކޮށްފި އެވެ.
Advertisement

ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް "ސީއެންއެމް" އަށް ވިދާޅުވީ މި ރޯދަ މަހު އެވަރެޖްކޮށް ދުވާލަކު 10 ޓަނާއި 12 ޓަނާ ދެމެދުގެ އަދަދަކަށް ކަރާ ބާޒާރަށް ނެރެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މުޅި ރޯދަ މަހަށް ބަލާއިރު އެއީ 300 ޓަނަށް ވުރެ ގިނަ ކަރަ އެވެ.

އަލީ އާދަމް ވިދާޅުވި ގޮތުގައި ތޮއްޑޫއިން މި ރޯދަ މަހު ވެސް ގާތްގަނޑަކަށް މިދިޔަ އަހަރުތަކެކޭ އެއް މިންވަރަކަށް ކަރާ ބާޒާރަށް ނެރެފައިވެ އެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ދައުރަކީ ދަނޑުވެރިންނަށް ބިން ދޫކުރުމާއި، ދަނޑު ހެއްދުމަށް ތާރީހު ކަނޑައެޅުން ކަމަށެވެ. އަދި ކަރާ ބާޒާރަށް ނެރުމުގެ މަސައްކަތުގައި ކައުންސިލްގެ ބައިވެރިވުން ނޯންނާތީ، ބާޒާރަށް ނެރުނު ކަރާގެ ސީދާ އަދަދުގެ ތަފްސީލެއް ކައުންސިލަށް ނޭނގޭ ކަމަށް އަލީ އާދަމް މައުލޫމާތު ދެއްވި އެވެ.

"ކައުންސިލުން ކޮށްދޭ ކަމަކީ ހަމަ ބިން ދޫކުރުން. ދެން އެންމެން އެއްކޮށް އިންދާނެ ތާރީހަކާއި، އެންމެ ފަހުން އިންދާނެ ތާރީހެއް ދިނުން. އެހެންވީމަ އަދަދުގެ ތަފްސީލެއް ކައުންސިލަކަށް ނުލިބޭނެ." އަލީ އާދަމް ވިދާޅުވި އެވެ.

އަލީ އާދަމް ވިދާޅުވީ ރޯދަ މަހު ތޮއްޑޫއިން ކަރާ ފޮނުވަނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި، އަތޮޅުތެރޭގެ އެހެން ރަށްތަކަށް ވެސް ކަރާ ގެންގޮސް ވިއްކާފައިވާ ކަމަށެވެ.

your imageއއ. ތޮއްޑޫ - ފޮޓޯ: ޓްރިޕް އެޑްވައިޒަރ

މީގެ އިތުރުން، ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގު ދަށް ނަމަވެސް، ފަހު 10 ގައި ކަރާގެ އަގު ރަނގަޅުވި ކަމުގައި އަލީ އާދަމް ފާހަގަކުރެއްވި އެވެ. އަދި ޖުމްލަކޮށް މި ރޯދަ މަހު ކަރާގެ އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު ރަނގަޅުކަމުން، މިފަހަރު ދަނޑުވެރިންނަށް ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އެވަރެޖްކޮށް ހަމަ މި ރޯދަ މަހު ކަރަލުގެ އަގު ރަނގަޅު މިދިޔަ އަހަރާ އަޅާބަލާއިރު. އެހެންވީމަ ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ބެލެވެނީ މިފަހަރު." އަލީ އާދަމް ވިދާޅުވި އެވެ.

ރޯދަ މަސް ފެށުނު އިރު ތޮއްޑޫ ކަރާގެ އަގު ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ. އޭގެފަހުން ކަރާ ކިލޯއެއްގެ އަގު 35ރ. އަށް އެރުމަށްފަހު، ރޯދަ މަހުގެ ފަހު 10 ގައި ވެސް ކަރާގެ އަގު ހުރީ ރަނގަޅު ވަރެއްގައި ހިފެހެއްޓިފަ އެވެ.

ތޮއްޑޫއަކީ ކަރާ ހެއްދުމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. ބިން ތަނަވަސް ތޮއްޑޫގެ ބޮޑު ސަރަހައްދެއް ދަނޑުވެރިކަމަށް ދޫކޮށްފައިވާ އިރު، ކަރާގެ ވިޔަފާރީން ތޮއްޑޫގެ ދަނޑުވެރިންނަށް ރަނގަޅު ފައިދާއެއް ލިބެ އެވެ. އެރަށުގެ ރައްޔިތުން ރޯދައަށް ދަނޑު ހެއްދުމަށް އާންމުކޮށް 2،112،000 އަކަފޫޓުގެ ބިން ދޫކުރާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;