ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި ތުނޑު ކުނަލަކީ ރާއްޖެއިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެކެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ކުނާ ފަރުމާކޮށް ވިޔުނީ، އެ މަސައްކަތުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ގދ. ގައްދޫގެ މީހެކެވެ.
އެއީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އދ.ގެ މެމްބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލަން ތައްޔާރުކުރި ކުނަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ. ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;