ބަރަކާތްތެރި ރަމަޟާންމަހާއި ފިތުރު އީދު ބަންދާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އޮފީސްތައް ހުޅުވި ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ވެސް ރަސްމީ ގަޑިއަކީ ރޯދަ މަހުގެ މަސައްކަތު ވަގުތެވެ. އެއީ ހަ ރޯދަ ހިފުމަށް ލުއި ދިނުމުގެ ގޮތުންނެވެ.
އެގޮތުން، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ވުމާއެކު މި ފެށޭ ހަފުތާގައި ވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އެ އޮފީހުން ހާމަކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;