އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އީދު ނަމާދުގެ ޖަމާއަތަށްފަހުގަ އެވެ.
އެގޮތުން މާލޭގައި އީދު ސައި ބާއްވާފައިވަނީ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ގްރޭންޑް މިސްކިތް (މަސްޖިދުއްޝައިހު ގާސިމް ބިން އާލް-ޘާނީ) ސަރަހައްދުގަ އެވެ.
އުރީދޫން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.
މިއަހަރުގެ ފިތުރު އީދާ ގުޅިގެންވެސް އުރީދޫން ވަނީ މުވާސަލާތީ ހިދުމަތްތަކުން ޚާއްސަ އޮފާތަކެއް ތައާރަފުކުރުމުގެ އިތުރުން، އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ރާވައިފައެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ސްޕޮންސާޝިޕް ދިނުމާއި، ކުޑަކުދިންގެ ހަވީރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;