ads
ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
މިއަދި ފާހަގަ ކުރަމުން އަންނަ ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން މިއަދު ހަދައިދީފި އެވެ.
Advertisement

ދިރާގުން ބުނީ #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މިއަދުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ސަބަބުން ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

އުމްރާވެރިންނާ ގުޅުން ބޭއްވުމަކީ އާއިލާތަކަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، މުވާސަލާތީ ގޮތުން މިފަދަ ލުޔެއް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް ދިރާގުން ދެކެއެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެ އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;