އެ އިއުލާނުގައި ވަނީ ސިނަމާލެ 1،2،3،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހު އޭގެ މައުލޫމާތު ސާފުކުރުމަށް ފަހު، އަގު ހުށަހަޅަން ޖެހެނީ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބައެއްގެ އިތުރުން އެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ވެސް ބީލަން ހުށަހަޅަން ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލި އެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާންގައިވެ އެވެ.
މީގެ އިތުރުން، ސިނަމާލެ 3، 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ހުންނަ ޖުމްލަ 161 އެޕާޓްމަންޓްގެ ކޮންމެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމެވި މައްސަލަ ސަރުކާރާއި އިދިކޮޅު ވިސްނުމުގެ މީހުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފަ އެވެ.
އިމާރާތްތައް ބާވެ، ސިނަމާލެ އާއި މާލެހިޔާގެ ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ފާޅުކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;