"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ޑައިރެކްޓް ކުރަނީ "ޝެންގް-ޗީ"ގެ ގެނެސްދިން ޑެސްޓިން ޑެނިއަލް ކްރެޓަން އެވެ.
"ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" އަކީ އުމުރުން 29 އަހަހަރުގެ ޓޮމް، އާ އެކު ގެނެސްދޭ ސްޕައިޑަ-މޭންގެ ހަތަރު ވަނަ ފިލްމެެވެ. އޭނަ އެންމެ ފުރަތަމަ ސުޕަހީރޯ ކެރެކްޓާ ކުޅުނީ 2017 ގެ "ސްޕައިޑަ-މޭން: ހޯމްކަމިން" ގަ އެވެ.
އޭގެ ފަހުން ދެން ގެނެސްދިން ފިލްމުތަކަކީ 2019 ގެ "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަދި 2021 ގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އެވެ. "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަކީ ރިލީޒްކުރި ދުވަހު އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ހޯދި ދެވަނަ ފިލްމުގެ މަގާމު ލިބުނު ފިލްމެވެ. އެއީ 121.5 މިލިއަން ޑޮލަރާ އެކީގަ އެވެ. ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތީ 2019 ގެ "އެވެންޖާޒް: އެންޑް ގޭމް" އަށެވެ.
އަންނަ ޖުލައި މަހުގެ 31 ގަ ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ "ޕަނިޝަ"ގެ ރޯލުން ޖޯން ބާންތަލް އެމްސީޔޫއަށް ތައާރަފުވުމެވެ. ޓްރެއިލާގައި ވެސް އޭނާ ފެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;