ads
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
އީދުގެ އުފާ ފާހަގަކުރާއިރު އިސްލާމީ މިންގަނޑުން ބޭރުނުވާތި
އީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އެގޮތަށް އެދިވަޑައިގަތީ ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތޯބުގަ އެވެ.

ރައީސް ވިދާޅުވީ، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނާއި އުހުތުން ވަނީ ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ކަމަށެވެ.

"މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލު ކަމަށް ވާތީ، މި ހުރިހާ ވޭނެއްގައި އަޅުގަނޑުމެން ބައިވެރިވަމު އެވެ. މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

އީދުގެ އެއް ފަރާތުގައި ވަނީ ރޯދަ މަސް ކަމަށްވާއިރު އަނެއް ފަރާތުގައި ވަނީ ހަ ރޯދަކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރޯދަ ނިމުމުން އަޅުކަމާއި އަޅުވެރިކަމުގެ ދުވަސްތައް ނިމުނީ ނޫން ކަމާއި އަލުން ފަށައިގެން ކުރިޔަށް ދިޔުމުގެ ދައުވަތު، ހަ ރޯދައިން ލިބިދޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން މި އަހަރުގެ އީދުގެ އުފާ އިސްލާމީ އުންމަތާ ބައްދަލުކުރިއިރު، އުންމަތް މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށާއި ހާއްސަކޮށް، ފަލަސްތީނުގައި، އާންމުކޮށް މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އެތައް އަހުންނެއް، އުހުތުންނެއް ވަރަށް ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި ތިބިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކޮށް، އުފާފާޅުކުރާށެވެ. ނަމަވެސް އެއީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުލު ކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފާ ކަމަށް ރައީސް ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;