ads
ބަނގުރަލާއެކު ދިއްދޫން ތިން ބިދޭސީން ހައްޔަރުކޮށްފި
ބަނގުރަލާއެކު ދިއްދޫން ތިން ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ބިދޭސީ ތިން މީހުން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކަޓަވަލް ސަހިލް، އިންޑިއާ (25އ) އާއި ޓަމަންގް ރަޓަން، އިންޑިއާ (24އ) އާއި ތަޕާ ކެޝަބް، ނޭޕާލް (21އ) އެވެ. 

މި މާރިޗު މަހުގެ 17ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވިގެން ދިއްދޫ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;