މި ޕްރޮމޯޝަންގެ ދަށުން، ދިރާގު ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ކަސްޓަމަރުންނަށް އީދު ދުވަހުން ފެށިގެން އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ހަދިޔާތައް ފޮނުވޭނީ ދިރާގު އެޕް މެދުވެރިކޮށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ހަދިޔާ ފޮނުވުމުގެ ކަންކަން މުޅިން ހިލޭ ކުރިއަށް ގެންދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ތަފާތު ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު އެއް ޖީބީގެ ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ. ކޮންމެ މަހަކު ލިބޭ މި ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ. މިއީ މުޅި އަހަރަށް ބަހާލައިގެން ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ހާއްސަ ބޯނަސް ޑޭޓާއެއް ލިބޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ޑޭޓާ 24 ގަޑިއިރުގެ ތެރޭގައި ބޭނުންކުރެވޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެ އެވެ.
އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަންގެ ތެރެއިން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ދިރާގުން ހުޅުވާލައިފަ އެވެ. ދިރާގު އެޕް މެދުވެރިކޮށް ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓު ލިބޭނެ އެވެ. މި ރަން ޓިކެޓުތަކަކީ އަގުހުރި އިނާމުތައް ހޯދުމަށް ބާއްވާ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ.
މީގެ އިތުރުން، ފަސް ކާށި ބިނދެފިނަމަ "ރަން ކާށްޓެއް" ބިނދެވޭނެއެވެ. މި ރަން ކާށި ބިނުމުން އެއްފަހަރާ 50 ޓިކެޓު ހާސިލުކުރެވޭނެ އެވެ. މިއީ ގުރުއަތުން މޮޅުވުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުކޮށްދޭނެ ކަމެކެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ ހާއްސަ އިނާމުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތައް ހިމެނެއެވެ. އޭގެ ތެރޭގައި:
ދިރާގުން އަންނަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އޮފާތަކާއި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;