ads
އެެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ - ފޮޓޯ/އޭޕީ
ރަސްމީ ދަތުރެއްގައި އެމެރިކާގެ އިސް މަންދޫބަކު ރާއްޖެއަށް
އެމެރިކާގެ ހާއްސަ މަންދޫބަކު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ މީޑިއާ ނޯޓެއްގައި ބުނެފައިވާ ގޮތުގައި މި މަހުގެ 19 އިން 24 އަށް ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ އާއި ލަންކާއަށް ދަތުރު ކުރައްވާނެ އެވެ. މިއީ އިންޑިއާ ކަނޑުގައި އޮތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެކެވެ.

އެމެރިކާއިން ބުނި ގޮތުގައި، މި ދަތުރަކީ ކަނޑުގެ މުހިންމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ބައެކެވެ. ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ އެކު، ކަނޑުގެ މުހިންމު މަގުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

މި ދަތުރު ދިމާވަނީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ރާއްޖެ އާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެމެރިކާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ދެ ބައިވެރިންނެވެ. އަދި މި ދަތުރުގެ ސަބަބުން މިނިވަން، ހުޅުވާލެވިފައިވާ އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ އެވެ. 

މެދުއިރުމަތީގައި އެމެރިކާ އާއި އިޒްރޭލުން ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވާއިރު ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް (ފޯޅަވަހި) ގެ ސިޔާދަތީ ބާރު ދޫކޮށްލުމާ ގުޅޭ މައްސަލާގައި ރާއްޖެ އާއި އެ ގައުމުގެ މަސްލަހަތު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;