އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ ކުންފުނިން އައިސް އުފެއްދުމަށާއި ފޯރުކޮށް ދިނުމަށް ހިނގާ ހަރަދު ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށްވެފައިވާ ކަމަށެވެ. އަދި ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ އެކު މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެންސިސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މަހުގެ 1 އިން ފެށިގެން 16 އާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ ޖުމްލަ 111 ޕަސެންޓް ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. އެންސިސް އިން ބުނި ގޮތުގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށެވެ.އަދި ތެލުގެ އަގު މިހާ ބޮޑަށް އުފުލުމުން ވިޔަފާރި ކުރިއަށް ގެންދަން ޖެހެނީ ބޮޑު ގެއްލުމެއްގައި ކަމަށް ބުންޏެވެ.
މި ނިންމުމަކީ، އެ ކުންފުނިން ބުނި ގޮތުގައި، އައިސް އުފެއްދުމުގެ އޮޕަރޭޝަނަލް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅެކެވެ.
އެ ކުންފުނިން ބުނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލާ، ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;