އާދެ ގުރުއާންގައި ﷲ ސުބުހާނަހޫ ވަތައާލާ ޒިނޭއާ ބެހޭގޮތުން ވަހީކުރައްވާފައިވާ ކަމަށް އިލްމުވެރިން ވިދާޅުވަނީ ތިޔަބައިމީހުން ޒިނޭއާ ގާތް ނުވާށެވެ. ޒިނޭ ނުކުރާށެކޭވެސް ނޫނެވެ. އާދެ އޭގެ މުރާދަކީ ޒިނޭއަކީ އެޒިނޭ ކުރެވޭ މީހާ އެކަށް އެކުރަނީ އޭގެ ކުރީގައި އެތަށް މަރުހަލާ ތަކެއް އޭނާ ކަޑައްތު ކޮށްފައިވާތީ އެވެ.
އެހެންވެ ގުރުއާންގަ އެވަނީ ޒިނޭއާ ގާތް ނުވާށެވެ. އާދެ ޒިނޭއަކީ އަޅުގަނޑުމެން އެ އަމަލު ކުރުމުގެ ކުރިން ކުރެވޭ އެތަށް ކަންތައްތަކެއްގެ އާހިރު ނަތީޖާ ހަރާމް ބެލުން ތަކުގެ ނަތީޖާ އެވެ. ހަރާން ހިފުންތަކުގެ ނަތީޖާ އެވެ. ހަރާމް ގުޅުންތަކެއްގެ ނަތީޖާ އެވެ.
ވީމާ އަޅުގަނޑުމެންނަށް ﷲ ސުބުހާހޫ ވަތައާލާ އިރުޝާދު ދެއްވާފައި އެވަނީ ޒިނޭއަށް މަގުފަހިވާނެ ހުރިހާ މަގެއް އަޅުގަނޑުމެން ބަންދުކޮށް އެކަންކަމާ ދުރަށް ދިޔުމަށެވެ. އެއީ އެމަގުތަކުން ލައިފަ މެނުވީ ޒިނޭއާ ހަމައަށް މީހާކު ވާސިލް ނުވާނެތީ އެވެ.
މިޒަމާނުގައި އަޅުގަނޑުމެން އެކަނި މާ އެކަނި މިހާރު މިއުޅެނީ، ކުރީގަ އޮތް އިޖުތިމާއީ ގުޅުންތައް މިއަދު މިވަނީ ފޯނާ ޓެބްލެޓްގެ ޒަރީއާ އިން ވަރަށް ބޮޑަށް ހަނިވެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ގޭގަ ނުވަތަ ކޮޓަރީގައި އިދެގެން އަޅުގަނޑުމެން ގުޅުންތައް ގާއިމް މިކުރާ ހިސާބުގައި ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.
އާދެ މިހެން ގުޅުންތައް ގާއިމް ކުރާއިރު މިއަދު މިވަނީ މީސް މީޑިޔާގެ އެކި މަންސަތަކުން ޒިނޭއަށް މަގުފަހިވާނެ ދޮރުތައް ކާފަރުންނާ ފާސިގުން ހުޅުވާފައި ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. ވީމާ މި މަންސަތަކާ ވަސީލަތްތައް ބޭނުންކޮށްގެން ޒިނޭއަށް ހުށަހެޅޭ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.
އަޅުގަނޑުމެން ވާންވާނީ އަބަދުވެސް ޒިނޭއާ ގާތްކުރާނެ އެންމެހާ ކަންކަމުން ދުރުހެލިވެ ރައްކާތެރިވެފައި ތިބޭ ބުއްދިވެރި އިއްފަތްތެރި މުސްލިމުންނަށެވެ. ލޮބުވެތި އަހުންނޭވެ. އުހްތުންނޭވެ. ޒިނޭއަކީ އޭގެ ނުބައިކަމާ ނުބައި އަސަރު ދެ ދުނިޔޭގަވެސް ﷲ ސުބުހާނަހޫ ވަތައާލާ އަޅާއަށް ޖައްސަވާ ބޮޑުވެގެންވާ ހުތުރުވެގެންވާ ފާފައެކެވެ. ވީމާ އެފާފަ އާ ދުރުހެލިވާށެވެ. މި ފާފައަށް ވާގިވެރިވާ އެންމެ ބޮޑު ވަސީލަތަކީ އަންހެނުންނާއި ފިރިހެނުން މައްސުނިވުމެވެ. މި ކަމަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;