ރޯވެ އަނދަމުންދަނީ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގައެވެ. އެއީ މ. ކައިރުގޭގައި ހުރި ޕްރައިމް އެއް ނަމްބަރު ގުދަނެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ.
ރޯވެ އަނދަމުންދާ ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިކަން ވަނީ އެނގިފައެވެ.
މި ތަނަކީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެވެ. އީސީން ބުނީ އެތަނުގައި ރޯވެ އަނދަމުންދާތީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;