ads
އިންތިހާބާއި ބެހޭ މަރުކަޒު ކައިރީ ހުރި ގުދަނުގައި ރޯވެ އަނދަނީ
އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޯވެ އަނދަނީ
އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
Advertisement

ރޯވެ އަނދަމުންދަނީ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގައެވެ. އެއީ މ. ކައިރުގޭގައި ހުރި ޕްރައިމް އެއް ނަމްބަރު ގުދަނެވެ. 

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ. 

މި ތަނަކީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެވެ. އީސީން ބުނީ އެތަނުގައި ރޯވެ އަނދަމުންދާތީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިވަގުތަށް މެދުކަނޑާލާފައިވާކަމަށެވެ. 

މިއަދު ހެނދުނުވެސް މާލޭގައި ވަނީ ގުދަނެއްގައި ރޯވެ އަނދާ ހުލިވެފައެވެ. ގ. ހިޔާ ގޮފީގައި ހުރި ގުދަނުގައި ހެނދުނު 11 ޖަހަނިކޮށް ރޯވި އަލިފާންގަނޑު ނިންވާލެވުނީ ގާތްގަޑަކަށް ގަޑިރެއްފަހުންނެވެ. އެގޭގެ ވެރިފަރާތުން ބުނީ ރޯވުމުގެ ކުރިން އެގެއަށް މީހަކުވަނެވެ. އަދީ އެއީ އެމީހާ ކުރިކަމެއްކަމަށް އެމީހުން ތުހުމަތުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;