ads
ދިރާގުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިމަހު 31އަށް ހަމަވަނީ
ދިރާގުގެ "ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހު ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ލޯންޗު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެ އެވެ.

މި ޕްރޮމޯޝަންގައި ދިރާގުން ދެނީ:

  • އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ 2 ސްޕޯޓްސް ލޯންޗު 

  • ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު

މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތަށް ދިރާގުން ވަނީ ލޯންޗު ހަވާލުކޮށްފަ އެވެ. އެ ސްޕީޑްބޯޓު ލިބުނީ އަބްދުﷲ ސައީދު ކިޔާ މީހަކަށެވެ. ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވާނީ އަންނަ ޖޫންގަ އެވެ.

ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 31 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;