ކުދިންތަކެއް ދުއްވި ބައިސްކަލެއް ފުލުހުންގެ ވެހިކަލަށް އަރުވަގެން ގެންދާތަން ފެންނަ ވީޑިއޯއެއްވަނީ އާއްމުވެފައެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ޓޯ ކުރީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް ދުއްވި ބައިސްކަލްތަކެއްކަމަށެވެ.
އޭގެ ތެރެއިން އެއް ބައިސްކަލު ޓޯކުރީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާތީ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް ތިން ބައިސްކަލު ޓޯކޮށްފައި ވަނީ މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި މައްސަލައިގައިކަމަށް ފުލުހުން ބުނެެެވެ.
އެގޮތުން އެ އުޅަނދުތައް ދުވާރުމަތިން ދުއްވުމާއި އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގްޒެގްކޮށް ދުއްވުމާއި ބައިސްކަލަށް ދެ މީހުން އަރައިގެން ދުއްވާފައިވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;