މިއަދު ހެނދުނު ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުންނަ ގ. ހިޔާރޯދި ގޭގަައި ދެ ފަންގިފިލާއަށް ހަދާފައިވާ ގުދަނެއްގައެވެ. ގާތްގަނޑަކަށް ހެނދުނު 10:57 ހާއިރު ރޯވި މި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 11:52 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ތަމުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން މީ މީހަކު ގަސްތުގައި ކުރިކަމެއްކަމަށް އެ ގޭ މީހުން ތުހުމަތުކުރެއެވެ.
އެ ފުޓޭޖުން ފެންނަނީ އަލިފާން ރޯވުމުގެ ކުރިން ގަޑިން 10:33 ގައި ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސަރައްްހަދުގައި ސައިކަލް ޕާކުކުރާ ތަނެވެ. އަދި އެމީހާ އެގޭގެތެރަަށް ވަދެގެން ދެއެވެ. އޭރު އެގޭކައިރީ މަސައްކަތް ކުރަން ބިދޭސީންތަކެއް އުޅޭތަން ފެނެއެވެ.
އެ ގެއަށް ވަތް މީހާ ގާތްގަނޑަކަށް ހަތް މިނެޓު އެ ގޭގައި ހޭދަކުރުމަށްފަހު އެ ގެއިން ނުކުމެގެންދަނީ 10:39 ގައެވެ. އަދި އަލިފާން ރޯވެ އަނދަން ފަށަނީ އެމީހާ ނުކުމެގެންދާ ފަހުންނެވެ.
ފުޓޭޖްތަކުން ފެންނަ ގޮތުން 10:40 ގައި ގެއިން ދުން އަރާތަން ބޭރުގައި ތިބި ބިދޭސީންްނަށް ފެނިގެން އެމީހުން ހަޅޭލެވުމުން އެގޭތެރޭގައި މަސައްކަތްކުރަން ތިބި ބިދޭސީންތަކެއް އެ ގެއިން ނުކުންނަތަން ވެސް ފެނެއެވެ.
މިއަދު ރޯވި ގ. ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެނެވެ. އެގޭ މީހުން ބުނާ ގޮތުގައި އެތަނުގައި ކަރަންޓެއްވެސް ނުހުންނާއެވެ. އަދި އިމާރާތުގައި ހުންނާނީ ފަރުނީޗަރާއި ލަކުޑިއެވެ. އެހެންކަމުން ގޭ މީހުން ތުހުމަތުކުރާ ގޮތުން އެތަނުގައި މިއަދު ރޯވުުން އެއީ މީހަކު ގަސްދުގައި ރޯކޮށްލުމުން ހިނގި ހާދިސާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;