2019 ވަނަ އަހަރު އެސްޑީއެފްސީގެ ނަމުގައި ގާއިމްކުރެވުނު މި ކުންފުނިން ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފަ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށަކަށް ފުޅާވެފައިވާއިރު، މިއީ ރާއްޖޭގައި ކުދި ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިން ފޯރުކޮށްދޭ މުއައްސަސާއެވެ.
މި މުއައްސަސާ ފެށުނުއިރު ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރި ނަމަވެސް، މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ލުއި އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. މީގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޕްރޮޑަކްޓްތައް ހިމެނެ އެވެ.
• އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
• ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން
• ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން
• ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރި ކުރުމަށް ހިންގާ ތަފާތު ސްކީމްތައް
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފާއިތުވި 7 އަހަރު އެ މުއައްސަސާއިން މަސައްކަތް ކުރީ ވިޔަފާރިތަކުގެ ގާތް ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާ އެއް ނޫނެވެ. އެއީ ދިވެހި ވިޔަފާރިތަކުގެ ކާމިޔާބީގައި ހިއްސާވާ ދިގު މުއްދަތުގެ ބައިވެރިއެކެވެ. ސަބަބަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމަކަށް ވާތީއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;