ads
ތަންދޫރީ ކުކުޅު
ސީއެންއެމް ބަދިގެ: ތަންދޫރީ ކުކުޅު
"ސީއެންއެމް ބަދިގެ" އިން މިއަދު މި ގެނެސްދެނީ "ތަންދޫރީ ކުކުޅު" ތައްޔާރުކުރާނެ ގޮތެވެ.
Advertisement

ބޭނުންވާ ތަކެތި:

700ގ ކުކުޅު

2މސ ރެޑްޗިލީ ޕައުޑަރ 

5 މޭޒުމަތީ ސަމުސާ ތަންދޫރީ ޕައުޑަރު

2 މސ ޖިންޖާ ގާލިކް ޕޭސްޓް

1 މސ ހިކި ފެނުގުރީކް ފަތް

4 މސ ކުކިން އޮއިލް

½ ޖޯޑް ޕުލެއިން ޔޯގަޓް

1 ލިނބޯ

ކުލަ ހުންނަ ވަރަށް ކާކުލަ (ރަތް)

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ރެޑް ޗިލީޕައުޑަރު. ތަންދޫރީ ޕައުޑަރު އަދި ޖިންޖާ ގާލިކް ޕޭސްޓް ކުކުޅުގައި ރަނގަޅަށް ހާކާލާށެވެ. ދެން ކުކުޅު 30މިނެޓް މެރިނޭޓް ކޮށްލަށް ބަހައްޓާ ލާށެވެ.

ދެން އެހެން ތަށްޓަކަށް ޗިލީ، ތަންދޫރީ އަދި ގާލިކް ޖިންޖަރު ޕޭސްޓް އެއްކޮށްލާށެވެ. އަދި ފެނު ގުރީކް ފަތްކޮޅު، ކާތެޔޮ އަދި ޔޯގަޓް ކޮޅުވެސް އެއަށް އެއްކޮށްލާށެވެ. އެއަށް ފަހު ލުނބޯ އެއްފަޅި ޖަހައިގެން ކުޑަ ކާކުލަ ކޮޅެއް އަޅައިގެން މިކުސް ކޮށްލާ ށެވެ.

ދެން މެރިނޭޓް ކޮށްލި ކުކުޅުގައި ދެންމެ މި ތައްޔާރުކޮށްލި ޕޭސްޓް ކޮޅު އުނގުޅާލާށެވެ. އަދި ދެ ގަނޑި އިރު ވަންދެން ކުކުޅު މެރިނޭޓް ކޮށްލަށް ބާއްވާށެވެ.

އެއަށްފަހު އެއާ ފުރައިޔާ ނޫނީ އަވަން އަށް ލައިގެން ކުކުޅު ފިހެލާށެވެ. މިހާރު މިހިރީ ތަންދޫރީ ކުކުޅު ހަދާ ނިމިފަ އެވެ.

މީ ރޮށި އަދި ފަރާޓާ އާ އެކީވެސް ކާލަށް ވަރަށް މީރު ކުކުޅެކެވެ. މީ ރޯދަ ވީއްލާ ގަޑި އަދި ތަރާވީސް ގަޑީގަވެސް ކާލަށް ވަރަށް މީރު ކުކުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;