ads
ފުވައްމުލަކުގައި ވެހިކަލްތަކެއްގައި ރޯވި އަލިފާން ނިއްވާލަނީ
ފުވައްމުލަކުގައި ވެހިކަލްތަކެއްގައި ރޯވެއްޖެ
ފުވައްމުލަކުގައި ވެހިކަލްތަކެއްގައި ރޯވެއްޖެއެވެ.
Advertisement
އެމްއެންޑީއެފުން ބުނީ ފުވައްމުލައް ސިޓީ، ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފުވައްމުލައް ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާކަމަށެވެ. 
 
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލުބުނީ މިއަދު 12:00 ހާއިރުކަމަށެވެ. އެއާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލައް ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.  މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން ވެހިކަލްތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:50 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

your imageފުވައްމުލަކުގައި ވެހިކަލްތަކެއްގައި ރޯވުން

 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;