އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ﷲގެ ރަހުމަތުގެ ބޮޑުކަމުން، ދުރުން ބަލާ މީހަކަށް މުސީބާތް ޖެހެނީ ކަމަށް ހީވެދާނެ ކަމަށާއި ކަންކަން ކުރިމަތިވަނީ ވަރަށް ނިކަމެތިކަމެއް މެދުވެރިވާން ވެގެންނޭ މީސްތަކުން ހިތައް އަރާފާނެ ކަމަށެވެ.
ނަމަވެސް ﷲ ސުބުހާނަހޫ ވަތައާލާ މުސީބާތެއް ކުރިމަތިކުރައްވަަނީ އަޅުގަނޑުމެންގެ ފާފަ ފުއްސަވެމަށް އަޅުގަނޑުމެންގެ ދަރުމަ މަތިވެރި ކުރެއްވުމަށް އަޅުގަނޑުމެންގެ ސަވާބު އިތުރު ކުރެއްވުމަށް އިލްމުވެރިން ވިދާޅުވެ އެވެ.
ސަބަބަކީ ކުރިން ބުނެވުނު ގޮތަށް އަޅުގަނޑުމެންނަކީ އެހާ ސީދާލަށް އުޅެވޭ ބައެއްނޫން ކަމަށް ވުމާއި އެހާ ސާފު ސާފުކޮށް އުޅެވޭ ބައެއް ނުވުމެވެ.
އެހެންވީމަ ﷲ އަޅަކު ދެކެ ލޯބިވެވަޑައިގެންފިނަމަ އެފަދަ ކަންކަން މެދުވެރި ކުރައްވާ ކަމަށާއި އެހެންވީމަ އަޅުގަނޑުމެންނަށް އޮންނާނީ އެކަން ކަމާ މެދު ކެތްތެރިވެގެން އަޅުގަނޑުމެންގެ ފާފަ ފުހެވޭތޯ މަަސައްކަތް ކުރުމެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނުންނަށް މުސީބާތެއްކަމަށް ހީވާ ކަންކަމަކީ ﷲ ސުބުހާނަހޫ ވަތައާލާ ދުނިޔޭގައި ލައްވާފައިވާ ލޮބުވެތިކަމުގެ ނިޒާމުގެ އަސްލެއް ކަމަށެވެ. އެއީ ދުރުން އަޅުގަނޑުމެން ބަލާލާ މީހާއަށް އެމީހާއަށް ވަރަށް ދެރަ ގޮތެއްހެން ހީވިޔަސް ﷲ ސުބުހާނަހޫ ވަތައާލާ އެންމެ ލޯބިވެ ވަޑައިގަންނަވާ އަޅުންނަށް އެންމެ ބޮޑެތި އިމްތިހާން، އެންމެ ބޮޑެތި މުސީބާތް ކުރިމަތި ކުރައްވާ ކަމަށެވެ.
އިސްލާމް ދީނާއި ބީރަށްޓެހި ކަންކަމުގައި އަވަދިނެތި އުޅެވޭ ހާލަތްތަކުގައި ބަރަކާތެއް ނުލައްވާނެ ކަމަށާއި، އެފަދަ މުއާމަލާތުގައި ބައިވެރިވާ މީހާއަށް ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް ކުރިމަތިލާން ޖެހޭނީ ގެއްލުމާއި ހަލާކާ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;