ads
ހުޅުމާލެ ގެއެއްގައި ރޯވެ އަނދާފައި
ހުޅުމާލޭ ގެއެއްގައި ރޯވެ ފަސްމީހުން ވަގުތީ ހިޔާތަކަށް
ހުޅުމާލޭ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
Advertisement

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސެނިކޮށެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު އަލިފާނުގެ ހާދިސާ ހިނގީ  Lot-11395 ގައިކަމަށެވެ. 

އެ ހާދިސާގައި އެގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައި ކަމަށް އެންޑީއެމްއޭއިން ބުނެެއެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށްކޮށްފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާކަމަށްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;