ads
ފިތުރު ޒަކާތަކީ ފަރުޟެއްތަ؟
ފިތުރު ޒަކާތަކީ ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަދާކުރުމަށް ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފަރުޟުކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ.
Advertisement

މިކަމުގެ ސަބަބުން ރޯދައަށް ހުންނަ އިރު ރޯދަ­ވެރިޔާއަށް ދެއްކޭ ބޭކާރު ވާހަކަ­ތަކާއި، ކުރެވޭ ނުރަނގަޅު ކަންތައް­ތަކާއި، ފާފަ­ތަކުން އޭނާ ތޯހިރު­ވެގެން ދެއެވެ. 

އަދި ފަގީރުންނަށް އިހުސާން­ތެރި­ވުމާއި، ތަނަވަސް މީހުންނެކޭ އެއްފަދައިން އެ މީހުން ވެސް އީދުގެ އުފަލުގައި ބައި­ވެރިކުރެވި، ދީލަތި­ކަމުގެ ރިވެތި ހުލްގް ތިބާއަށް ލިބިގެން ދިޔުމަށް މަގުފަހިކޮށްދޭ ކަމަށް އިލްމުވެރިން ބަޔާން ކުރައްވަ އެވެ. 

އަހުންނޭވެ! ތިޔަބައި­މީހުންގެ މި މައްސަރު ނިންމުމުގެ ގޮތުން އީދު ނަމާދުގެ ކުރީގައި ފިތުރު ޒަކާތް އަދާކުރުން ﷲ ވަނީ ތިޔަބައި­މީހުންނަށް ޝަރުއު ކުރައްވާފަ އެވެ. ފިތުރު ޒަކާތަކީ ﷲ ތައާލާ ޝަރުއު ކުރައްވާފައިވާ ދެ ޒަކާތުގެ ތެރެއިން އެއް ޒަކާތެވެ. ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ބަސްފުޅުތަކުން ސާފުވަނީ ފިތުރު ޒަކާތަކީ އަޅުގަނޑުމެން ކޮންމެ މުސްލިމުކަވުސް އަދާކުރަންޖެހޭ ވާޖިބެއް އަދި ފަރުލެއް ކަމެވެ.

ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފަރުޟު ކުރައްވާ، ނުވަތަ އެ ކަމަކަށް އަމުރު ކުރައްވާ ކަމެއްގެ ހުކުމަކީ ހަމަ الله تعالى އެ ކަމެއް ފަރުޟު ކުރެއްވުމުގެ، ނުވަތަ އެ ކަމަށް އަމުރު ކުރެއްވުމުގެ ހުކުމެވެ. 

الله تعالى ވަހީ ކުރެއްވި އެވެ. ﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظٗا﴾ މާނައީ: ”ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަ­ކަށަވަރުން ﷲއަށް ކިޔަމަން ވެއްޖެ އެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ.“

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;