ads
އިންޑިޔާ ފިލްމުތަކުގައި ސަބްޓައިޓަލް އެރުވުން މަޖްބޫރުކޮށްފި
އިންޑިއާގެ ހުރިހާ ފިލްމަކަށް ސަބްޓައިޓަލް އެރުވުން މަޖުބޫރުކޮށްފި
އިންޑިއާގެ ހުރިހާ ފިލްމުތަކެއްގައި ސަބްޓައިޓަލް ހިމެނުން އެ ގައުމުގެ ފިލްމު ސެންސަރު ބޯޑުން މަޖުބޫރުކޮށްފިއެވެ.
Advertisement

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަހުން ސެޓިފިކެޓް ހޯދުމަށް ހުށަހަޅާ ހުރިހާ ފިލްމެއްގައި ސަބްޓައިޓަލް ހިމެނުން މަޖުބޫރުކޮށްފައެވެ. 

އިންޑިއާގެ ސެންސަރު ބޯޑުން ބުނީ މިއީ އިންޑިއާގެ "ރައިޓްސް އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް އެކްޓް 2016" ގާނޫނުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނާއި ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ފަސޭހައިން ފިލްމުތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުންކަމަށްވެ. 

މި ބަދަލާއި އެކު ފިލްމުތަކުގައި ސަބްޓައިޓަލް ހިމެނުމުގެ އިތުރުން، ބައެއް ހާލަތްތަކުގައި "އޯޑިއޯ ޑިސްކްރިޕްޝަން" ވެސް ހިމަނަން ޖެހޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. 

މި ނިންމަށް ގިނަ ބަޔަލު އަންނަނީ ތައުރީފުކުރަމުންނެވެ. ސަބަބަކީ ސަބަބުން އިންޑިއާގެ އެކި ބަސްބަހުން އުފައްދާ ރީޖަނަލް ފިލްމުތައް އެހެން ސަރަހައްދުތަކުގެ މީހުންނަށް ބަލާލުމަށް ފަސޭހަވުމާއި، ތެލެގޫ ނުވަތަ ތަމަޅަ ފިލްމުތައް ހިންދީ ބަހުން ޑަބް ކުރަންދެން މަޑުނުކޮށް ބަލާލުމުގެ ފުރިސަތު ލިބިގެން ދިޔުމެވެ. 

އެހެންނަނަވެސް މި ނިންމުމަށް އެއް ބަޔަކު އަންނަނީ ފާޑުވެސް ކިޔަމުންނެވެ. ސަބަބަކީ ފިލްމު ބަލާއިރު މާގިނަ ލިޔުންތައް އެރުމުން ފިލްމު ބަލަން އުނދަގޫވެސް މަންޒަރުތަކަށް ދެވޭ ސަމާލުކަން ކުޑަވާނެތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;