މިކަން ކުރިއަށް ދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއި ކުރުން ކުރިއަށް ގެންދާނެ އެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުން ކުރިއަށް ގެންދަނީ އީސީގެ އިންތިޚާބާ ބެހޭ މަރުކަޒު ގަ އެވެ.
އަންނަ މަހުގެ 4 ގައި 3 ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.
އަންނަ މަހު ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބޭނެ އެވެ. އެއީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;