ސޮފްވާން އުމުރަށް ސަސްޕެންޑް ކުރަން ނިންމީ ވޮލީ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ. އެއާއެކު އޭނާ ވަނީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މަގާމުން ވަކިކޮށް، ކުރިން އޭނާއަށް ދީފައިވާ އަދަބު އުމުރުދުވަހަށް ބަދަލުކޮށްފައެވެ.
ސޮފްވާން އުމުރަށް ސަސްޕެންޑް ކުރީ، ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއްގެ މައްސަލަތަކެއް ބެލުމަށް ފަހުއެވެ.
"ވީއޭއެމްގެ ފަރާތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ސަފްވާން އަހްމަދު ތަންތަނަށްގޮސް ކޯޗުކޮށްދޭން އުޅޭތަން ފެންނާތީ އަދި ސްކޫލްތަކާއި ކޮލެޖްތަކުގައި ވެސް ޓީމްތަކަށް ސަފްވާން އަޙްމަދު ކޯޗުކޮށްދޭތަން، ފެންނާތީ މިފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް، ފެންނާތީސަފްވާން އަހްމަދު މުޅި، ޢުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭގޮތަށް ހަމަޖެއްސުމަށް ނިންމުން" ރޭ ބޭއްވި އަހަރީ އާންމު ޖަލްސާއަށްފަހު އާންމުކުރި ނޫސްބަޔާނުގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;