މި ޕެޓިޝަން ހުށައަޅާފައިވަނީ ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި މަސައްކަތް ކުރަމުން އަންނަ 100 އެއްހާ ވިޔަފާރިވެރިންގެ ސޮޔާއި އެކުއެވެ.
ވިޔަފާރިވެރިން ބުނީ ޕެޓިޝަން ހުށަހަޅަން ޖެހުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދާދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެންނެވެ. އެބަދަލުގެ ސަބަބުން، ކުރިން ހަމައެކަނި ސައްތައިން ސައްތަ ދިވެހިންނަށް ދެމުން އައި މި ޚިދުމަތް، ބިދޭސީންނަށް ވެސް ދެވޭނެ މަގު ވަނީ ފަހިވެފައެވެ.
ޕެޓިޝަން ހުށައެޅި ފަރާތްތަކުން އޭގައި އެދުނީ ދިވެހިންގެ އަތްމަތީގައި އޮތް މި ވިޔަފާރީގެ ތެރެއަށް ބިދޭސީންނާއި ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް ނުވަދެވޭނެ ގޮތަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށެވެ.
އަދި މި ޕެޓިޝަނަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އޭޅޭނެ ފިޔަވަޅެއްކަމަށް އޭގައިވެެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;