ads
އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު-----
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޒިޔަތު އައްޔަންކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހީމް ޒިޔަތު އައްޔަންކޮށްފިއެވެ.
Advertisement

އޭނާ އެ މަގާމަށް އައްޔަންކުރުމުން އެމްޕީއެލްއިން ވަނީ މަރުހަބާ ކިޔާފައެވެ. 

ޒިޔަތުވަނީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ. 

ޒިޔަތަށް މި ސަރުކާރުގެ އިސް މަގާމެއް މިއަދު ދިން އިރު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި ދައުވާކޮށްދޭން އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. 

އެ މައްސަލައަކީ މީގެ ކުރިން އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރަން ބިދޭސީން މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރާ މައްސަލައެކެވެ. .އެ މައްސަލައިގައި  ޒިޔަތުގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަަށް ފޮނުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;