ads
ގާޒީ ބިލްޑިން ހުރި ސަރަހައްދު ހުސްކޮށް
ކުރީގެ ގާޒީ ބިލްޑިންގު ހުރި ބިމުގައި ޕާކެއް ހަދަނީ
ކުރީގެ ގާޒީ ބިލްޑިންގައި ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
Advertisement

ސަރުކާރުގެ ބަެއެއް އޮފީސްތައް ހިންގަމުން އައި ގާޒީ ބިލްޑިންގު ތަޅާލީ 5 ބުރީގެ އެ އިމާރާތް ބާވެ ބޮލަށް ވެއްޓޭވަރުވެފައިވަނިކޮށް މިދިޔަ ސަރުކާރުގައެވެ. އަދި ހަމަ  އެ ސަރަހައްދުގައި ހުރި ހުރަވީ ބިލްޑިންގުވެސް ބާވެ ހަލާކުވުމުން މިދިޔަ ވެރިކަމުގައި 2023ގައި އެތަންވެސް ވަނީ ތަޅާލާފައެވެ. 

ގާޒީ ބިލްޑިންގައި ހުރަބީ ބިލްޑިންގު ތަޅާލުމަށްފަހު އެ ދެ ސަރަހައްދު ބޭނުންކުރަމުން އަންނަނީ ސައިކަލް ޕާކިން އޭރިއާއެއްގެ ގޮތުގައެވެ. ހުރަވީ ބިލްޑިން ހުރި ސަރަހައްދުގައި މިދިޔަ ސަރުކާރުން އޮތީ ޕާކެއް ހަދާފައެވެ. 

ހައުސިން މިނިސްޓްރީން ބުނީ ގާޒީ ބިލްޑިންގު ހުރި ތަނުގައި ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށެވެ. އަދި އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް ެއަމަލީ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ޕާކު ހެދުމުގެ މަސައްކަތް ކުރުމަށް ގާޒީ ބިލްޑިންގު ހުރި ސަރަހައްދު މިހާރު އޮތީވެސް ޓިނު ޖަހާ ބަންދުކޮށްފައެވެ. 

ގާޒީ ބިލްޑިންގާއި ހުރަވީ ބިލްޑިންގު ތަޅާލުމަށް ފަހު އެ ދެ އިމާރާތުގައި ހިންގަމުން އައި ސަރުކާރުގެ އޮފީސްތައް ވަނީ ވެލާނާގެ އާއި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަށް ވަނީ ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;