ads
ފަތިސް ނަމާދު
ފަތިސް ނަމާދުގެ އަސްލު ވެލިއު!
އަޅުގަނޑުމެން ރެޔާ ދުވާލު ކުރާ ހުރިހާ ނަމާދަކަށް ވުރެވެސް އެންމެ މަތިވެރި ނަމާދަކީ އެއީ ކޮން ނަމާދެއްތޯ؟ އެވެ.
Advertisement

އާދެ އެއީ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ. ވަހީ ކުރައްވަނީ މީހަކު ފަތިސް ނަމާދު ޖަމާއަތުގައި އަދާކޮށްފިކަމުގައި ވާނަމަ އޭނަ މުޅި ދުވަހު ﷲ ސުބުހާނަހޫ ވަތައާލާގެ ބެލެހެއްޓުންތެރިކަމުގަ ރައްކާތެރިކަމުގަ ދަށުގަވާ ކަމަށެވެ.

އާދެ އިލްމުވެރިން ވިދާޅުވާ ގޮތިގައި ފަތިސް ނަމާދަކީ އެހާވެސް މުހިއްމު ނަމާދެކެވެ. އަދި އެ ނަމާދުގެ މަތިވެރިކަމާ މާތްކަމަށްޓަކާ އެނަމާދުގެ އިހްސުންނަތުގައި ކޮށްލެވޭ ދެ ރަކުއަތަކީވެސް އެއީ އެ ދެ ރަކުއަތް ކޮށްފި ކަމުގައި ވަނީނަމަ ދުނިޔެއާ ދުނިޔޭގަ ވާހާ އެއްޗެއްގެ މާތްކަމާ ސަވާބާ ދަރުމަ އަޅުގަނޑުމެންނަށް ލިބޭ ވަރުގެ ދެ ރަކުއަތް ކަމުގައި އަޅުގަނޑުމެންގެ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ. ބަޔާކޮށްދެއްވާފައިވާ ކަމަށެވެ.

ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރައްވާފައިވަނީ ގޮތުން ފަތިސް ނަމާދުގެ އިހުސުންނަތުގެ ގޮތުގައި ކުރެވޭ ދެ ރަކުއަތަކީވެސް ދުނިޔެއާ ދުނިޔޭގަ ވާހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑު ދެ ރަކުއަތެވެ. 

އާދެ އިހް ސުންނަތުގެ ދެ ރަކުއަތުގެ ހެޔޮކަށް އެހާބޮޑިއްޔާ އަދި އެއަށްވުރެންވެސް މާ މާތްވާނެ މަތިވެރިވާނެ ސަވާބާ ދަރުމަ ފަތިސް ނަމާދުގައި ގިނަގުނަ ވާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އެހެން ކަމުން އަޅުގަނޑުމެންނަކީ ފަތިސް ނަމާދަށް ފަރުވާތެރިވާ ބަޔަކަށް ވާން ޖެހެ އެވެ. 

އެހެން ކަމުން ފަތިސް ގަނޑީގައި ރަޖާގަނޑު ހިއްލާލާނެހާ ވަރު އަޅުގަނޑުމެން އަތުގަ ނެތްކަމުގަ ވާނަމާ އަސްލު ހަގީގީ ބާރެއް އަޅުގަނޑުމެން އަތުގައި ނެތްކަމަށް ބުނެވިދާނެ އެވެ. ހަގީގީ ބާރުގަދަ މީހުންނަކީ ފަތިސް ނަމާދަށް ތެދުވެ ފަތިސް ނަމާދަށް ހާޒިރުވާ މީހުންކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ.

ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރައްވާފައިވެ އެވެ.

“مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله” (أخرجه مسلم)

“ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;